މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗެއާމަން އަހްމަދު ޝަރީފު، މަސްވެރިކަން ޕްރޮމޯޓު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރުއެމްޕީސީ)ގެ ޗެއާމަންކަމަށް މިއަދު ބަދަލުކޮށްފިއެވެ.
މިފްކޯގެ ޗެއާމަންކަމުން ޝަރީފު ވަކިކޮށްފައިވާކަން ހާމަކުރަމުން ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ބުނީ އޭނާ އެމްއެފްއޯއާރުއެމްޕީސީގެ ޗެއާމަން ކަމުގެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އުފައްދާ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި ޕްރޮމޯޓުކުރުމަށް އުފެއްދި އެމްއެފްއޯއާރުއެމްޕީސީ ގައި މެނޭޖިންގް ޑިރެކްޓަރެއްގެ އިތުރުން ހަތަރު ބޯޑު މެންބަރުންވެސް މިހާރު ވަނީ އައްޔަނު ކޮށްފައެވެ.
އެބޭފުޅުންނަކީ:
° މެނޭޖިން ޑިރެކްޓަރު – އަހުމަދު ޒަރީރު
° މެންބަރު – މުންޝިދާ އިބްރާހީމް
° މެންބަރު – އަހުމަދު ޝިފާޒް
° މެންބަރު – އަހުމަދު ޔާމީން
° މެންބަރު – އާދަމް މަނިކު



