މާލެއާ 912 ކިލޯމީޓަރު ދުރުން ބިންހެލުމެއް އަތުވެއްޖެކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ބިންހެލުމުގެ ބާރު މިނުގައި 4.7 މެގްނިޓިއުޑްގެ ހުރި ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިބިންހެލުން އައިސްފައި ވަނީ މިއަދު މެންދުރު 13:38 ގައި ކްލާސްބަރގ ރިޖްއަށެވެ.
މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.




