ކުޑަކުއްޖަކާމެދު ޖިންސީ އަނިޔާވެރި ޢަމަލެއް ހިންގި މީހަކަށް 25 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ޙުކުމްކޮށްފައި ވަނީ ނަސްރުﷲ ފާއިޒްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން 3 ޙުކުމެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމާއި، ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމާއި، އަދި އޮރިޔާން ކާޑު ގެންގުޅުމެވެ.
ކޯޓުން ނިންމީ ފުރަތަމަ ދެ ތުހުމަތު ސާބިތުވާކަމަށެވެ. އެގޮތުން، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ޢަމަލު ހިންގުމުގެ ކުށަށް 15 އަހަރާއި، ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށަށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. އެހެންނަމަވެސް ކޯޓުން ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ތުހުމަތު ސާބިތުނުވާކަމަށް ކަނޑައަޅާފައެވެ.


