ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، 2025 ވަނަ އަހަރުގެ އައު އަހަރުގެ ތަހުނިޔާ، އެކުވެރި ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށް ފޮނުއްވައިފިއެވެ.
ރައީސްގެ ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވާނޭ ކަމުގެ އުންމީދު ކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނަށްވެސް ތަހުނިޔާ ވިދާއެޅުވެފައިވެއެވެ.
މީގެއިތުރުން އާ އަހަރުގެ މުޚާތަބުގައި ނެރުއްވި ޚިތާބުގައި ދިވެހި ރައްޔިތުންނަށް ވެސް އާއަހަރުގެ ތަހުނިޔާ ދަންނަވައި ވިދާޅުވެފައި ވަނީ 2025 ވަނަ އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ފެށި، އިޤްތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެންފަށާނެ އަހަރެއް ކަމަށެވެ.
ދިވެހި ދައުލަތަކީ މިހާރު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ އަމާޒަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުން ކަމަށެވެ.
އާ އަހަރާ ގުޅިގެން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމާއި، ވަޢުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، އެމަނިކުފާނު ވަނީ އަމިއްލަ ފަރުދުންގެ އަޒުމުގެ ގޮތުގައި، ކަންކަމާމެދު ހެޔޮ ވިސްނުން ގެންގުޅުމަށާއި ޞުލްޙަ މަޞްލަހަތު އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި، ކުލުނުވެރިކަންކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



