ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އޮފިޝަލުން އަލިފާންގަނޑު ނިއްވާލުމަށް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ ހާމަކޮށްފައިވާ ގޮތުގައި މިހާރު އެ ވިލާގައި ރޯވި އަލިފާންގަނޑު ވަނީ މުޅިން ނިއްވާލެވިފައެވެ. ނަމަވެސް، މި ހާދިސާގައި ލިބުނު ގެއްލުމުގެ މިންވަރާއި ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބުނު ކަމުގެ ޚަބަރެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.



