މާލޭގެ ގަލޮޅު ސަރަހައްދުގައި ހުރި ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަން ރުފިޔާއަށްވުރެ ގިނަ އަގުހުރި ތަކެތި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކުރަމުން ފުލުހުން ބުނެފައިވަނީ، އިއްޔެ ދުވަހުގެ ތެރޭގައި މި ތަކެތި ހޯދުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި މައްސަލަ ރިޕޯޓުކުރެވުމާއެކު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން މަސައްކަތްކޮށް، ގެއްލިފައިވާ ތަކެތި ކާމިޔާބުކަމާއެކު ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކުރެވިފައިވާ ކަމަށެވެ.
ނަމަވެސް، މި މައްސަލައާ ގުޅިގެން އެއްވެސް ފަރާތެއް ހައްޔަރުކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.




