ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ވ އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެއިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ބުނެފައި ވަނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއާއިއެކު އެއިދާރާއިން ވަނީ މިރޭގެ 20:30 އިން ފެށިގެން 00:30 އާއި ހަމައަށެވެ.
މީގެ އިތުރުން، އެއިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް މިރޭގެ 18:30 އިން ފެށިގެން 00:30 ހަމައަށް ހުދު ސަމާލުވެސް ނެރެފައިވެއެވެ. މި ސަރަހައްދުތަކުގައިވެސް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެއެވެ. އެހެންކަމުން ކަމާއިބެހޭ އެކި އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ނުރައްކާތެރި މޫސުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކާއި މަސްވެރިންނަށް ބޮޑަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ. އަދި ރައްޔިތުންނަށް ވީހާވެސް ބޮޑަށް ރައްކާތެރިވެ، މޫސުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ސަމާލުވުމަށް ވެސް އިދާރާތަކުން ވަނީ އެދިފައެވެ.




