އިޒްރޭލުން ޣައްޒާ އަށް ދިން ބޮމުގެ ހަމަލާތަކުގައި ދެ ދުވަސްތެރޭގައި އެޤައުމުން 150 މީހުން މަރާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދޭން ފެށި އެހަމަލާގައި އެ ދުވަހު 77 މީހުން އަދި އިއްޔެ 73 މީހުން ޣައްޒާއިން މަރާލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އޮކްޓޯބަރު 7، 2022 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ސުލްޙަވެރި އެއްބަސްވުމަކަށް ދިޔުމުގެ މަސައްކަތްތައް ހަމާސް ޖަމާޢަތުން ވަނީ ފަށާފައެވެ. ނަމަވެސް އެކަމުގައި މާބޮޑު ކުރިއެރުމެއް އިޒްރޭލު ސަރުކާރުގެ ފަރާތުން އަދިލިބިފައިނުވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެގޮތުން ޤަތަރްގައި އެކަމުގެ ތަފްސީލު ދެމުން ހަމާސް ޖަމާޢަތުގެ ސީނިއަރ އޮފިޝަލު ބަސީމް ނައީމް ބުނީ، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރުމަށް ފަަލަސްތީނުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އިޒްރޭލުން ހައްޔަރު ކޮށްފައިތިބި ފަލަސްތީނު ރައްޔިތުން ވެސް ވީހާވެސް އަވަހަށް މިނިވަންކުރަން ބޭނުންވާ ކަމަށެވެ.
އިޒްރޭލުން ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑައިރެކްޓަރ ޑރ. ހުސާމް އަބޫ ސާފިޔާ ހައްޔަރު ކުރުމުން، އޭނާ މިނިވަން ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ވެސް ވަނީ ގޮވާލައިފައެވެ.


