ެިރާއްޖެއަށް އިއްޔެ ކުރި ގަދަ ވިއްސާރައާ ގުޅިގެން މާލެއިން 30569 ޓަނުގެ ފެން ހިންދާފައިވާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
ެިއިއްޔެ ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލެއަށެވެ. އެގޮތުން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތަކަކަށް ވަނީ ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްއިން މިއަދު ވިދާޅުވީ އިއްޔެ 11:37 ގައި ފެންހިންދަން މާލޭގައި ފެށި އޮޕަރޭޝަން މިއަދު ހެނދުނު 8:30 ގައި ނިންމާލާފައިވާ ކަކަށެވެ. އަދި މި އޮޕަރޭޝަންގައި މާލެއިން 30569 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ވެސް އެމްޑީއެފް އިން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މާލޭގެ އިމާރާތްތަކަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތުން، މާލޭގެ 210 ގެއެއްގައި ވެލި ބަސްތާ ޖެހި ކަމަށާއި ޖުމްލަ 1550 ވެލި ބަސްތާ ޖަހާފައިވާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.




