އަތޮޅުތެރޭ ރަށްތަކުގެ ގޭބިސީތަކަށް ވެމްކޯއިން ބިލުކުރާ އުސޫލަށް މިއަދު ބަދަލު ގެނެސްފިއެވެ.
ވެމްކޯ އިން ބުނީ މިއަހަރުގެ ޖެނުއަރީ އިން ފެށިގެން ވެމްކޯ އިން އަތޮޅުތެރޭގެ ރަށްރަށުގައި ގޭބިސީތަކުން ކުނި ނަގައި ދިނުމުގެ ޚިދުމަތުގެ ބިލު ޔުޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން ބާތިލު ކުރެވިފައިވާ ކަމަށެވެ.
މިބަދަލާއެކު ވެމްކޯގެ ޚިދުމަތް ފޯރުކޮށްދޭނީ އަދި ޚިދުމަތަށް ބިލު ކުރެވޭނީ ވެމްކޯގެ ޚިދުމަތައް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ވެސް އެކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން ބިލަށް ފައިސާ ދެއްކުމުގެ ކަންކަން ވެމްކޯގެ އަތޮޅުތެރޭ ރަށްރަށުގައި ގާއިމްކޮށްފައިވާ އޮފީސްތަކުންނާއި ވެމްކޯގެ އަވަސްޕޭ ޕޯޓަލް މެދުވެރިކޮށް އިންތިޒާމު ކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.



