ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އަތޮޅުތެރެއަށް ތެޔޮ އުފުލުމަށް ބޭނުންކުރާ ”ލަނޑާ“ ނަމަކަށް ކިޔާ ބޯޓެއް ގއ. ނިލަންދޫގެ ހުޅަނގު އުތުރު ފަރާތު ފަރަށް މިއަދު އަރައިފިއެވެ.
މި ހާދިސާއާ ގުޅިގެން ނިލަންދޫ ކައުންސިލުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ބޯޓު ފަރަށް އަރާފައިވާކަން އެނގުމާއެކު ވަގުތުން ކަމާބެހޭ އިދާރާތަކަށް އެކަން އަންގާފައިވާ ކަމަށެވެ.
އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްއިން މި މައްސަލައާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.




