ޓޫރިސްޓް ވިސާގެ ގަވާއިދާ ޚިލާފުވެގެން ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ދެ ބިދޭސީންނަކީ ޖޯޑަންގެ 24 އަހަރުގެ ފިރިހެނަކާއި ސީރިއާގެ 19 އަހަރުގެ އަންހެނެކެވެ. މި ދެ ބިދޭސީން ހައްޔަރުކޮށްފައި ވަނީ އާންމުންގެ ފަރާތުން ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
މި ދެ ބިދޭސީން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން، މި ދެ ބިދޭސީން ޑިޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.



