އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ތިން ކިލޯމީޓަރަށް ދަށްވެފައިވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފިއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހާލަތު މެދުވެރިވެފައިވަނީ ދުންފަހުގެ ސަބަބުން ވައި ނުސާފުވުމުގެ ސަބަބުންނެވެ.
މި ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށްވެސް ފެތުރިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.
މިމައުލޫމާތު ހިއްސާކުރައްވަމުން އެއިދާރާއިން ވަނީ ހދ. ކުޅުދުއްފުށްޓާއި ގާތްގަނޑަކަށް ހަތް ކިލޯމީޓަރުގެ ދުރުގައިވާ ކޭލަކުނުގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. މި ފޮޓޯގައި ވަނީ މިއަދު ކޭލަކުނު ފެންނަން އޮތްގޮތާއި، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ފެންނަން އޮތް ގޮތް އަޅާކިޔާފައެވެ. މި ފޮޓޯއިން ވައިގެ ނުސާފުކަން ސާފުކޮށް ފެންނަން ހުރިކަމަށް އެއިދާރާއިން ބުނެފައިވެއެވެ.




