މާލޭގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. އުފުރިޔާ ގޭގެ އެޕާޓްމަންޓެއްގައެވެ. އެމްއެންޑީއެފް އިން ބުނީ އެ އެޕާޓްމަންޓުގައި އަލިފާން ރޯވެގެން ރިޕޮޓުކޮށްފައިވަނީ ރޭ 11:23 ހާއިރު ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައިވަނީ 00:10 ހާއިރެވެ.
މިހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ބުނީ ހާލުގައި ޖެހުނު އެކަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެއްދުވަހުގެ މުއްދަތަކަށް އެ އޮތޯރިޓީން ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ހާދިސާގައި އަލިފާް ރޯވެފައިވަނީ ގ. އުފުރިޔާ ގޭގެ ހަވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. އެތަނުގައި ރޯވެގެން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.


