ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުންބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިފަދައިން ހަމަޖައްސަން ޖެހުނީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ސަހަރާގެ ފެންފަށަލައިގައި 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރުމުގެ ސަބަބުންނެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މި ހާލަތުގައި ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
އެހެންކަމުން މި ވަގުތު ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތްކަން ހިތާމައާއެކު އަންގާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި ހާލަތާ ގުޅިގެން، މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލުމަށް ހަމަޖެހިފައިވާ މަރުހޫމުންގެ ޖަނާޒާގެ އިންތިޒާމު ހަމަޖައްސާފައިވަނީ މާލޭ އާސަހަރާ މިސްކިތުގައި ކަމަށް ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވެއެވެ.



