ގދ. ގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގއ. އަށް ޒިޔާރަތް ކުރައްވައިފިއެވެ.
ްެއެގޮތުން ހުވަދުއަތޮޅު ދެކުނުބުރިއާއި އުތުރުބުރިއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރައީސް މިވަގުތު ހުންނެވީ ގއ. ކަނޑުހުޅުދޫ ގައެވެ. އަދި އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވެސް ކިޔާފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިއްޔެ ފުރަތަމަ ވަޑައިގެންނެވީ ގދ. ހޯނޑެއްދޫ އަށެވެ. އެއަށްފަހު އެ އަތޮޅު ނަޑެއްލާ، ވާދޫ، ފިޔޯރީއަށް ވެސް އިއްޔެ ވަޑައިގެންނެވިއެވެ. އެއަށްފަހު މިއަދު ރަތަފަންދޫއަށް ވަޑައިގަތުމަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ކަނޑުހުޅުދޫ ގައެވެ. އެއަށްފަހު ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫ އަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ގއ. މާމެންދޫ އަދި ގއ. ދެއްވަދޫ ކައުންސިލާވެސް ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.


