އޮރިޔާންކާޑު މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް އައްޑޫ މީދޫ ރައްޔިތެއް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
މިމައްސަލައިގައި ފުލުހުން ހޯދަމުން ދަނީ އާޒާދުވިލާގޭ ޢަބްދުﷲ ރަމީޒް (42 އަހަރު) އެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މަޖުބޫރުކުރުވުމާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އަދި ބަންދުގައި ބަހައްޓައިގެން މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޢަބްދުﷲ ރަމީޒާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



