ރިސޯޓް ބޭރުގައި މޫދަށް އެރި އުޅެނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ ޖެނުއަރީ 10 ވަނަ ދުވަހުގެ 10:00 ކަންހާއިރު އދ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް އައި ޓޫރިސްޓެއް ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ބޭރު މޫދުގައި އުޅެނިކޮށް އައިކޮމް ގްރީން ނަމަކަށް ކިޔާ ލޯންޗަކުން ޖެހި އެމީހާ ނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާގައި ނިޔާވެފައި ވަނީ އާރޖެންޓީނާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފައިވެއެވެ.



