ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީ ކުރި ދެ ބިދޭސީ އަންހެނަކު ޑީޕޯޓު ކޮށްލައިފިއެވެ.
މި ދެ އަންހެނުންނަކީ ވިއެޓްނާމަށް ނިސްބަތްވާ މީހުންނެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ އަންހެނުންނަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުންދިޔަ ކަމަށް ބެލެވޭ މީހުންނެވެ.
މިމީހުން ހައްޔަރުކޮށްފައި ވަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ތެރެއިން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ދެ އަންހެނުންގެ ތެރެއިން އެކަކު ރާއްޖޭގައި އުޅެމުން އައީ ވޯކް ވިސާގައެވެ. އަނެކަކު ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައެވެ. މި މައްސަލަ ތަހުގީގުކުރުމަށްފަހު، މި ދެ އަންހެނުން ވަނީ ރާއްޖެއިން ޑީޕޯޓް ކޮށްލާފައެވެ.




