މާލޭގެ ގެސްޓްހައުސެއްގެ ފާޚާނާ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގެ ހެންވޭރުގައި ހިންގާ ގެސްޓް ހައުސެއްގެ ފާހާނާގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު 14:04 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
ނިޔާވެފައިވަނީ އައްޑޫސިޓީ، ހުޅުދޫ ބޮކަރުމާގޭ ޢަބްދުﷲ ޒަކީ (59އ.) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



