މާލޭގެ ގެއެއްގައި ރެނދުއަޅައި އަޑިއަށް ދާތީ އެގެއިން މީހުން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ރެނދު އަޅައި އަޑިއަށްދާތީ މީހުން ހުސްކުރަން ފަށާފައިވަނީ މ. ލަކީ ހެވަން އިންނެވެ.
ސިޓީ ކައުންސިލުން ބުނީ މ. ކެރިންލައިޓް އިމާރާތް ކުރަމުން ދިޔައިރު ޝީޓް ޕައިލްނުކޮށް ހުރުމުގެ ސަބަބުން ޖެހިގެން ހުރިގެ މ. ލަކީ ހެވަންގެ ރެނދު އަޅައި އަޑިއަށްދާތީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން މާލެސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ގޭގެ 4 ކޮޓަރީގައި 4 އާއިލާ ތިބި ކަމަށާއި އޭގެތެރޭގައި އުމުރުން 18 އަހަރުން ދަށުގެ 3 ކުދިންނާއި 6 މީހުން ތިބި ކަމަށެވެ. އަދި އެގޭގެ ދެ ބައެއްގައި ބޭރު މީހުންތަކެއް ކުއްޔަށް އުޅޭ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.


