މުސްލިމް ވޯލްޑް ލީގު (ރާބިތަތުލް އާލަމިލްއިސްލާމީ) ގެ ކޮންފަރެންސަށް ޕާކިސްތާނަށް ވަޑައިގެންނެވި ދެ ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު އެ ގައުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް މިއަދު ވަޑައިގެންފި އެވެ.
މިނިސްޓަރ ޝަހީމް ސައުދީއަށް ވަޑައިގަތީ އެ ޤައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ރަބީއާގެ ދައުވަތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ސައުދީއަށް ކުރެއްވި މި ދަތުރުފުޅުގައި ރާއްޖެއާއި ސައުދީއާ ދެމެދު ކޮންމެ އަހަރަކުވެސް ގާއިމު ކުރާ ހައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން މިނިސްޓަރު ތައުފީގުއާ ބައްދަލުކުރައްވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން 1446 ވަނަ އަހަރު ހައްޖު މިނިސްޓްރީއިން ބާއްވާ ހައްޖު މައުރަޒުގައިވެސް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބުނެފައިވެއެވެ.



