ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރަކުން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހިޔާ ޓަވަރު 3 ގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ މައްސަލަ މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ވެއްޓި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.



