ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދާ މީހާއަކީ އިންޑިއާ ރައްޔިތެއް ކަމަށްވާ 41 އަހަރުގެ އުމޭޝް މާންޖީއެވެ.
އުމޭޝް އެންމެ ފަހުން ފެނިފައިވަނީ 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ހެނދުނު 7:00 ހާއިރު އޭނާ ދިރިއުޅޭ ހުޅުމާލެ ފޭސް 1 ގެ ޓެމްޕް ޕްލޭން 61 އިން ނިކުމެގެން ދިޔައިރު ކަމަށާއި އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، އުމޭޝް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ވަނީ ހިއްސާކުރެވިފައެވެ. އެހެންނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އުމޭޝްއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންނަށް ގޮވާލައިފައެވެ.



