ކޮރަޕްކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފު (އީސީ ޝަރީފު) ގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ޝަރީފުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.
އެއީ ކޮން މައްސަލައެއްކަން އޭސީސީން ހާމަކޮށްދީފައި ނުވިނަމަވެސް، ސްޓެލްކޯ އަށް ހަތް މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ޝަރީފް ސޮއިކުރި ކަމަށް ބުނާ މައްސަލައެއް އޮތީ އެ ކޮމިޝަނަށް ހުށަހަޅާފައިވާކަން ވަނީ މީގެކުރިން ހާމަވެފައެވެ.
ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އެސީސީން ވަނީ މީގެ ކުރިން ވެސް އެކި ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ.



