ރާއްޖެއާއި އެސްޓޯނިއާ ދެމެދު އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާނެވެ. އަދި އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލިސާ-ލީ ޕަކޯސްޓާއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޤައުމު ކަމަށްވާ އެސްޓޯނިއާއާއެކު ރާއްޖެއިން ފަހުމުނާމާއެއް ހަދާފައިވާއިރު، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގައި ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތައް ތްނުންތައް ތަޢާރަފުކޮށް، އެ ދާއިރާތަކުން އެސްޓޯނިއާގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުމެވެ.




