އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމްއިން ފަނޑުކޮށްގެން ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.
އިއްޔެ ހުޅުމާލޭގައި މިޕްރޮގްރާމްގެ ނިންމާލުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަރު، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއެވެ.
އެމްއެންޑީއެފްގެ ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި އެމްއެންޑީއެފްގެ 17 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި، އެހެނިހެން އިދާރާތަކުގެ 5 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް މިފަދަ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގައި، ބައިނަލްއަޤްވާމީ ބަނދަރު ޖަމްޢިއްޔާގެ ލެވެލްތަކާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމްގެ ލެވެލްތަކާއި، ވައިގެ މަގުން ބެލެހެއްޓުމާއި، އައްސޭރިފަށުގެ ސާފުކުރުމުގެ އެސެސްމަންޓް ޓެކްނިކުގެ ބައިތައް ކިޔައިދެވުނެވެ.
މި ތަމްރީނު ޕްރޮގްރާމުގައި، ބައިނަލްއަޤްވާމީ ބަނދަރު ޖަމްޢިއްޔާގެ 1، 2، 3 ލެވެލްތަކާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމްގެ 100، 200، 300 ލެވެލްތަކާއި، ވައިގެ މަގުން ބެލެހެއްޓުމާއި، އޭރިއަލް ސަރވައިލަންސްއާއި، ޝޯރލައިން ކްލީންއަޕް އެސެސްމަންޓް ޓެކްނިކުގެ ބައިތައް ކިޔަވައިދީފައިވާއިރު، ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސެޓްފިކެޓް ވެސް ވަނީ ހަވާލުކޮށްފައެވެ.




