މިދިޔަ ހަފްތާގެ އަންގަރަ ދުވަހު މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ވަޅުލައިފިއެވެ.
އެދުވަހު ހެނދުނު 9:53 ހާއިރު މާލެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މ ތަރިވިިލާގެ، ހުސައިން އަހުމަދު (41އ) އެވެ.
ފުލުހުން ފަހުން ވިދާޅުވީ، އޭނާގެ މަރާގުޅޭގޮތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު އަނބުރާ މާލެ ގެނެސްފައިވަނީ މިއަދުއެވެ. ނަމަވެސް ޕޯސްޓްމޯޓަމް ރިޕޯޓު އަދި ނުލިބޭކަމަށް ފުލުހުން ވިދާޅުވިއެވެ.
ހުސެއިން އަހުމަދުގެ ކަށުނަމާދު ކުރީ މިއަދު އަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.




