މާރާމާރީގެ މައްސަލައެއް މިރޭވެސް ފެންމަތި ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާރާމާރީގެ މައްސަލައެއް ފެންމަތިވެގެން ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިން މީހެއްގެ މެދުގައި މާރާމާރީގެ މައްސަލައެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބިގެން އެކަން ބަލަމުންގެންދާ ކަމަށެވެ.
ނަމަވެސް މާރާމާރީ ހިނގާފައިވަނީ ދިވެހިންތަކެއްގެ ނުވަތަ ބިދޭސީންތަކެއްގެ މެދުގައިކަން އަދި އެނގުފައި ނުވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މާރާމާރީގެ މައްސަލައެއް ފުލުހުން މިރޭ ބަލަމުންގެންދާއިރު، ބިދޭސީންތަކެއްގެ މެދުގައި ރޭގައި ވަނީ މިފަދަ މައްސަލައެއް ހިނގާފައެވެ. އާޓިފިޝަލް ބީޗުގައި ހިނގި މި މައްސަލައާ ގުޅިގެން އިންޑިއާގެ ތިން ބިދޭސީއަކު ހައްޔަރުކޮށް، އެމީހުން ޑީޕޯޓުކޮށްލުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ދަނީ ކުރަމުންނެވެ.



