ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ހައްލުކުރެވޭނެކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
މިކަން އިއުލާނުކުރައްވާ ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިކަމަށްޓަކައި ހިންގަމުންދާ ”ކުރަނގި“ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 25،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ރެކޯޑުކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ތިން އަހަރުގެ މުއްދަތަށް ރޭވިފައިވާ ޕްލޭނެއް މިހާރު ތަންފީޒުކުރެވެމުންދާ ކަމަށާއި 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށެވެ.
މި އޮޕަރޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންނަކީ ވެސް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މަސައްކަތްކުރާ ބަޔަކަށް ހެދުން ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.


