ޚާާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި ކަމުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކުރި މީހާ، މުއްދަތު ޖަހަން ގެންދިޔުމުން ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް މާލޭ ސްކޫލެއްގެ ޓީޗަރަކު އަނިޔާކުރި މައްސަލައެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ އަދާހަމައެއް ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 17 ވަނަ ދުވަހު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.
މިމައްސަލަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.



