މި އަހަރުގެ މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ 2024 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 107،119 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރު، އިއްޔެއާ ހަމައަށް 117،532 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރާ ބަލާއިރު 9.7 ކުރިއެރުމެކެވެ.
މިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ. އެ ދުވަހު އެކަނި ވެސް 8،174 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،530 ފަތުރުވެރިން ރާއްޖެއަށް އަންނައިރު، 69.6 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. ގެސްޓުހައުސްތަކަށް 25.4 އިންސައްތަ ފަތުރުވެރިން އައިސްފައިވާއިރު، ހޮޓާތަކާއި ސަފާރީތަކަށް އައީ 2.5 އިންސައްތަ ފަތުރުވެރިންނެވެ.




