މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ހަތަރު ބައިވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުރި އެމްއޭސީއެލްގެ މަރުކަޒުގައި 6 މަސްދުވަހުގެ މުއްދަތަށް މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިފައިވެއެވެ.
އެމްއޭސީއެލްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގުނު މިއިންޓާންޝިޕް ފުރިހަމަކުރި ހަތަރު ފަރާތުގެ ތެރެއިން އެއް ފަރާތަކަށް ދާއިމީ ވަޒީފާއެއް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޙާޞިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ.
ހަމައެއާއިއެކު މިފަދަ އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓްރީން އިތުރަށް ބުނެފައިވެއެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާޞިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މިފަދަ އެހެނިހެން ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.



