ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ދަށުން މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފިއެވެ.
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުނު މި އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ 70 އިންސައްތައިން ޑިއުޓީ ކެނޑޭގޮތަށް ހަމަޖެހިފައިވެއެވެ.
ކަސްޓަމްސްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާތަނަށް ވައިގެ މަގުން ނުވަ ޝިޕްމަންޓެއްގައި 882,381 ރުފިޔާގެ މުދަލާއި، ކަނޑު މަގުން ތިން ޝިޕްމަންޓެއްގައި 1.04 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެ އެތެރެކުރެވިފައެވެ.
އިޤްތިޞާދީ ވުޒާރާއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު 70 އިންސައްތަ މުދަލުން ޑިއުޓީ ކެނޑޭ ނަމަވެސް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 90 އިންސައްތަ މުދަލުން ޑިއުޓީ މަޢާފުވާނެއެވެ. އަދި ރާއްޖެއިން ޗައިނާއަށް ގެންދާ މުދަލުގެ 95 އިންސައްތަ އެއްވެސް ޑިއުޓީއެއް ނެތި އެ ޤައުމަށް އެތެރެކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.




