ބޭނުންފުޅުވަނީ ސީދާ ރައްޔިތުން އެދޭގޮތް އޮޅުންފިލުވައިގެން ގައުމުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ މާސްޓަރޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އަނގޮޅިތީމުގެ ތަރައްޤީއާއި ރާއްޖޭގެ ތަރައްޤީ އޮންނަން ބޭނުންވާ ގޮތާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންނަށް ގާނޫނީ ބާރުވެރިކަން ދީގެން ރައްޔިތުން ނިންމާ ގޮތަކަށް ތަރައްގީގެ ކަންކަނ ކުރިއަށްދާނެ ކަމަށެވެ.
”ޤާނޫނީ ބާރުވެރިކަން ދީގެން ރައްޔިތުން ނިންމި ގޮތަށް ތަރައްޤީގެ ކަންކަން ކުރިއަށް ދާނެ. ތަރައްޤީ ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ މިސްރާބަށް،“ ރައީސް ވިދާޅުވިއެވެ.
މި މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެން ރައީސް ވިދާޅުވީ އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ސީދާ ރައްޔިތުން އެދޭގޮތް އޮޅުންފިލުވައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.



