ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން މީޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ 20 ޖެނުއަރީވީ ހޯމަ ދުވަހުގެ 14:45 ހާއިރު ފަތުރުވެރިއަކު ހދ. ނޮޅިވަރަންފަރު ފަތުރުވެރިންނަށް ހާއްސަ ކުރެވިފައިވާ ބީޗެއްގައި އިންދާ އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން 30 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ކޯޓު އަމުރެއްގެ ދަށުން ގެނެވިފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާއިރު ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.




