ހިޔާ ފްލެޓު 14 ވަނަ ޓަވަރުން މިރޭ ކަރަންޓު ކެނޑޭނެކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ބުނެފިއެވެ.
އެމްޑަބްލިއުއެސްސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހިޔާ ފްލެޓު 14 ގެ މީޓަރ ރޫމުގައި މެއިންޓެނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މިރޭ ވަގުތީގޮތުން ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
Due to a planned maintenance work at meter rooms in Hiyaa Flat 14 (floors 16 to 24), there will be a service interruption from 00:30 Hrs to 01:30 Hrs on 24 January 2025 (tonight).
We apologize for any inconvenience caused. pic.twitter.com/jWPpfC3Bum— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 23, 2025
އެމްޑަބްލިއުއެސްސީ އިން މަޢުލޫމާތު ދިން ގޮތުގައި، ފެނުގެ ޚިދުމަތް މެދުކެނޑޭނީ މިރޭ 00:30 އިން 1:30 އަށް ހިޔާ ފްލެޓު 14 ގެ 16 ވަނަ ފަންގިފިލާއިން ފެށިގެން 24 ވަނަ ފަންގިފިލާއާ ހަމައަށް ހުރި ފަންގިފިލާތަކުންނެވެ.
މި މަސައްކަތުގެ ސަބަބުން މިފަންގިފިލާތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީ އިން ވަނީ މަޢާފަށް އެދިފައެވެ.



