މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށް، ބަދަލު ގެނެސްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާންކޮށްފައިވާ ގޮތުގައި، މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 8،800.05 ރުފިޔާއެވެ. މިއީ ކުރީގެ ނިސާބަށްވުރެ ދަށް އަދަދެކެވެ.
މިބަދަލު ގެނައުމުގެ ކުރިން ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ 9،240.35 ރުފިޔާއެވެ.
ޒަކާތް ހައުންސްއިން ގެނައި މިދަލާއިއެކު އާ ނިސާބާއި ކުރީގެ ނިސާބާ ދެމެދު 440.30 ރުފިޔާގެ ތަފާތެއް ވެއެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ޒަކާތް ދިނުން ވާޖިބުވާ އެންމެ ދަށް މިންވަރެވެ. ރާއްޖޭގައި މި މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އަދި ރިހީގެ އަގު ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
ޒަކާތް ދިނުން ލާޒިމްވަނީ މުދަލުގައި ނިސާބު ހަމަވެ، އެ މުދާ އެ މީހެއްގެ އަތުގައި ހިޖުރީ އަހަރެއް ވަންދެން ހުރުމުންނެވެ.




