މާލޭގައި އަނެއްކާވެސް މާރާމާރީއެއް ހިންގައި މީހަކު ރޭގައި ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އަނިޔާ ލިބިފައިވާ މީހަކު ރޭ 11:40 ހާއިރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީޤު ކުރައްވަމުންނެވެ.
މިފަހަކަށް އައިސް މާލޭގައި އަނެއްކާވެސް ސިލްސިލާ މާރާމާރީތަކެއް ހިނގަމުންދާކަން ފާހަގަ ކުރެވޭތީ ފުލުހުން ދަނީ އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.



