ޒަހަމްތަކަކާއެކު ސެނަހިޔާ ކައިރިން ފެނުނު މީހާއަށް ހަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ 15 ޖެނުއަރީ 2025 ވަނަ ދުވަހުގެ 08:17 ހާއިރު ރަތްވިލާމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ބަޔަކު މީހުން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަ ކޮށްލާފައިވާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެދަށުން ހައްޔަރު ކޮށްފައިވަނީ މާލެ، ހ. ރޯޒެންޑޭލް، ޞަފްވާން ޒުފްރަތު (29އ) އާއި ށ. ފޭދޫ، އުދަރެސް، ޢަލީ ނާޝީދު (34އ) އެވެ.
އެގޮތުންޞަފްވާން ޒަފްރަތު ހައްޔަރުކޮށްފައިވަނީ 2025 ޖަނަވަރީ 20 ވަނަ ދުވަހުގެ 21:19 ހާއިރު ކަމަށާއި ޢަލީ ނާޝިދު ހައްޔަރުކޮށްފއިވަނީ 2025 ޖަނަވަރީ 21 ވަނަ ދުވަހުގެ 01:09 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.




