މާރާމާރީގެ މައްސަލައެއް މާލޭގައި ރޭގައި ވެސް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 2025 ޖަނަވަރީ 24 ވަނަ ދުވަހުގެ 23:25 ހާއިރު އަރިސް ފިހާރަ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.




