އައްޑޫ މީދޫ މަތިކިޅި އީކޯ ގާޑަން ސަރަހައްދުގައި އަލިފާން ރޯވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މަތިކިޅި އީކޯ ގާޑަން ސަރަހައްދުގައި ރޯވެފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސ. ހުޅުދޫ ޗަސްބިމުގައި ރޯވެގެން ހުޅުމީދޫ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަލިފާންގަނޑު ނިއްވާލުމުގައި މިވަގުތު އެމްއެންޑީއެފްއާއި ހުޚުދޫ ކައުންސިލުންނާއި އަދި އާންމުންގެ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.
މިއީ ކިހިނެއް ރޯވި އަލިފާންގަނޑެއްކަން އަދި އެނގިފައެއް ނުވެއެވެ.



