ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ނެޝަނަލް ޕްލޭނިންގ ސްޕެޝަލިސްޓެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދުރު ރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އިސްނަގައި މަސައްކަތްކުރުމާއި، އެކި ދާއިރާތަކުގެ މެދުގައި ވިލަރެސްކުރުން ހިމެނެއެވެ.
ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަސައްކަތާ ގުޅޭ އިތުރު ތަފްޞީލު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މަސައްކަތުގެ އިރުޝާދު (ޓީއޯއާރު) އިން ލިބެން ހުންނާނެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ކަނޑައަޅާފައިވެއެވެ.
ފާއިތުވި މަހު، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ރާއްޖޭގެ ކޮންސަލްޓަންސީ ކުންފުންޏެއް ހޯދުމަށްވެސް އިޢުލާނު ކުރެވިފައިވެއެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި ޢުމްރާނީ ތަރައްޤީގެ ދެމެހެއްޓެނިވި ޤައުމީ މާސްޓަރ ޕްލޭނެއް އެކުލަވާލުމެވެ.
މި ޕްލޭނަކީ ޔޫ.އެން.ޑީ.ޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ގޮތުން ވޭތުވެދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހު ޚާއްޞަވަހު ޚާއްޞަ ބައްދަލުވުމެއް ބޭއްވުނެވެ. 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީންތިޚާބީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.




