މޫސުން ގޯސްވެ، އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ދައުލަތުގެ އިދާރާއިން އައްޑު ސިޓީއަށް ރީނދޫ ސަމާލު ނެރެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ މިރޭ 22:00 އާ ހަމައަށެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.




