ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ހެނދުނު 7:05 ހާއިރު ކ. ގާފަރުގެ މަގުމަތިން ހިނގާފައި ދިޔަ ބަންގްލަދޭޝް މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކ. ގާފަރު ގުލްދަސްތާގޭ ޖާޒިމް ޖައުފަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.




