ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޚަލީލު ވިދާޅުވެފައިވާ ގޮތުގައި މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް ސައުދާއި އަދި ސައުދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ސައުދީގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ފޮރިން މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޑރ. ޚަލީލު ސައުދީ އަރަބިއްޔާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.


