ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް މުޙައްމަދު އާރިފް އައްޔަން ކުރައްވައިފިއެވެ.
ފެނަކައިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިކަން ހާމަކުރައްވާ ވަނީ އާރިފްއަށް މަރުހަބާ ދަންނަވާފައެވެ.
މީގެ ކުރިން މި މަޤާމުގައި ހުންނެވި ޙުސައިން ޒުހުރީ ވަނީ މިމަހުގެ 12 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ މަގާމުން އިސްތިއުފާދެއްވާފައިވާ ސަބަބެއް ސާފުވެފައިނުވާއިރު ފެނަކައިން ވަނީ ޑީއެމްޑީގެ މަގާމުގައި ހުންނަވާ ޒުހުރީ ކުންފުންޏަށް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ.



