މާލޭގެ މަގުތަކުގައި ހުންނަ ފާރުތައް އަމިއްލައަށް ތަޅާލަމުންދާތީވެ، ހުއްދަ ނުހޯދާ ފާރުތައް ނުތެޅުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ވަކި ވަކި މަގުތަކުގެ ފާރުތައް ކައުންސިލުގެ ހުއްދައެއް ނެތި ތަޅާލަމުންދާކަން އެކައުންސިލަށް ފާހަގަވެފައިވާ ކަމަށެވެ.
ކައުންސިލުން ވަނީ ފާރު ނަގަން ބޭނުންވާ ފަރާތްތަކުން ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުއްދަ ހޯދައިގެން އެކަން ކުރުމަށް ހުރިހާ ފަރާތެއްގެ ކިބައިން އިލްތިމާސްކޮށްފައެވެ.
އަދި ހަމަ އެހެންމެ، ކައުންސިލުގެ ހުއްދަ ނުހޯދައި މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ޤާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.



