ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިކަން ހާމަވެފައިވަނީ ބީއެމްއެލް އިން މިއަދު އާންުމުކުރި އެ ބޭންކުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކުންނެވެ.
އެ ހިސާބުތަކަށް ބަލާއިރު ބީއެމްއެލްގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި އެ ބޭންކުން މިދިޔަ އަހަރު އާއްމުންނާއި ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކުރި އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފަހައްޓާފައިވެ އެވެ.
މީގެއިތުރުން ބީއެމްއެލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ އެ ބޭންކަށް ވަނީ ލިބިފަ އެވެ. އެއީ ތިން ވަނަ ކުއާޓަރާ އަޅާ ބަލާއިރު 47 އިންސައްތަ ކުރިއެރުމެކެވެ. އެ ކުއާޓަރުގައި ބޭންކް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 685 މިލިއަން ރުފިޔާ އެވެ.



