މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ރާއްޖެއިން ބޭރަށް ގާނޫނާ ޚިލާފަށް މިޔަރު މަހާއި މަޑި މަސް ގެންދަން އުޅުނު ކުންފުނީގެ ނަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، 582 ކިލޯގެ މަސްތައް ބޭރުކުރަން މަސައްކަތް ކުރީ ”ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް“ އިންނެވެ.
45 ފޮށިގަނޑުގައި ބަންދުކޮށްގެން މިމަސްތައް ބޭރުކަން މަސައްކަތްކޮށްފައިވާއިރު، މިމައްސަލަ ފުރަތަމަ ފެންމަތިވުމުން ރާއްޖޭގެ އޮންލައިން ނޫހަކުން މަސްބޭރުކުރަން އުޅުން ކުންފުނީގެ މައުޟޫމާތަށް އެދުމުން ކަސްޓަމްސްއިން ވަނީ އެމައުޟޫމާތު ސިއްރުކޮށްފައެވެ.
ނަމަވެސް އިއްްޔެއް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މިދިޔަ މަހުގެ 22 ވަނަ ދުވަހު މި މަސްތައް ވަނީ ނައްތާލާފައިކަމަށް ވެސް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.
ކަސްޓަމްސްއިން މައުލޫމާތުދީފައިވާ ގޮތުގައި އެ ތަކެތި ބޭރުކުރަން އުޅުނީ ލޮނު މަހުގެ ގޮތުގައެވެ. އެހެންނަމަވެސް މެރިން ރިސާޗް ސެންޓަރުން އިތުރަށް ޓެސްޓު ހެދުމަށް ފަހު، އެއީ މިޔަރު މަހާއި މަޑި މަސް ކަމަށް ވަނީ ކަށަވަރުވެފައެވެ.



